ތުއްކޮއިބޭ ފުޓްސަލް ޗެލެންޖް 2009

>> Monday, September 29, 2008


 

ވައިކަރަދޫގައި ވޯޓްގެ ކަންތައްތައް ބަލަހައްޓާ ބިއުރޯ އުފައްދައިފި

 


ވައިކަރަދޫގައި ވޯޓުލުމުގައި ދިމާވާ މައްސަލަތައްދިރާސާކޮށް، ބެލުމަށްޓަކައި ބިއުރޯއެއް ރޭގެ ވަގުތެއްގައި އުފައްދައިފިއެވެ. މި ބިއުރޯ ހޮވުމަށްޓަކައި ބޭއްވުނު ބައްދަލުވުމަށް ވައިކަރަދޫގައި ހަރަކާތްތެރިވާ ޕާޓީތަކުގައި ނަގާކިޔާ ހަރަކާތްތެރިންނަށް ދައުވަތު އެރުވުނެވެ. މިގޮތުން މި ބައްދަލުވުމުގައި އަދާލަތުގެ ގޮފީގެ ފަރާތުން ބައިވެރިވީ ގޮފީގެ ރައީސް އަލީ އިދުރީހާއި ނައިބު ރައީސް އިބްރާހިމް ސިހާމާއި ގޮފީގެ ސެކްޓަރީ އަހުމަދު ސަރީފެއެވެ. މީގެ އިތުރުން ޑީއާރުޕީގެ ފަރާތުން ބައިވެރިވީ މުހައްމަދު ނަޒީރެވެ. އަމިއްލަ ގޮތުން ރިޔާސީރޭހުގައި ބައިވެރިވާ ކެނޑީޑޭޓް ހަސަން ސައީދަށް ކެންޕޭން ކުރާ އަހުމަދު ހާސިމާއި އަބުދުﷲ ނައީމް ވެސް ބައިވެރި ވިއެވެ. އެމްޑީޕީގެ އެއްވެސް ހަރަކާތްތެރިއަކު މި ބައްދަލުވުމުގައި ބައިވެރި ނުވެއެވެ. ވައިކަރަދޫ ކަތީބު އިބުރާހިމް ވަހީދު އަމިއްލަ ގޮތުން ހަމަ ޖައްސާފައިވާ ކޮންޕްލެންސް ބިއުރޯއަށް ހުށަހަޅާފައިވާ ނަންތައް ބައްދަލުވުމުގައި ބައިވެރިން ނަށް އޮޅުން ފިލުވައި ދެއްވިއެވެ. މި ބިއުރޯއަށް ހުށަހެޅުނު ނަންތަކަކީ އީސަ އިބުރާހިމް ( ޑީއާރުޕީގެ މެމްބަރ) ހުސެން މުހައްމަދު ( ޑީއާރުޕީ މެމްބަރ) ސޭހް އިބުރާހިމް ނަސީރެވެ. އިބުރާހިމް ނަސީރަކީ ކުރިން އަދާލަތު ޕާޓީގައި ހުރެ މިވަގުތު ޕާޓީން ވަކިވެފައިވާ ބޭފުޅެކެވެ. އެވްރެޖްގޮތެއްގައި މި ބިއުރޯ އެކުލަވައި ލައިފައި ވަނީ ޑީއާރުޕީގެ މަސްލަހަތު އޮންނަގޮތަކަށެވެ. އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރި ނުވީ ކީއްވެގެންތޯ އަޅުގަނޑު ސުވާލުކުރުމުން " ތިމަންނައަށް ގުޅި އެހެންނަމަވެސް ދައުވަތު އެރުވި ކޮންހައިސިއްޔަތުން ކަމެއް ނޭނގޭ" އެމްޑީޕީގައި ހަރަކާތްތެރިވާ މެމްބަރ ނާސިދުއަލީ ހާމަކުރެއްވިއެވެ. މި އެކުލަވައި ލެވުނު ބިއުރޯގެ ސަބަބުން ވޯޓްލުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދަތިތަކާއި ދިމާވާނެ ކަމަށް މުރާސިލުން ހާމަކުރައްވައެވެ. މީގެ ކުރިން ބަރުލަމާނި ނިޒާމާއި ރިޔާސި ނިޒާމް ހޮވުމަށް ލެވުނުވޯޓްގައިވެސް ބައެއް ބޭފުޅުން ވަގުތު ހަމަވިފަހުން ކެންޕޭން ކުރެއްވިކަމަށް ސަކުވާ ކުރިނަމަވެސް އެދެވޭ ގޮތަކަށް ނަތީޖާ ނުކުމެފައި ނުވާކަން ފާހަގަ ކުރެވެއެވެ. މިފަހަރު ހަމަޖެއްސި ބޭފުޅުން ކުރިންވެސް ހިމެނިފައިވެއެވެ.

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP