ތުއްކޮއިބޭ ފުޓްސަލް ޗެލެންޖް 2009

>> Tuesday, September 30, 2008

ވައިކަރަދޫގައި ޢީދުހުޅު ރޯކޮށްފި


 

 

ވައިކަރަދޫގެ ފަހުގެ ސަޤާފަތުގައި ހިމެނޭ ޢީދުހުޅު ރޭގެ ވަގުތެއްގައި ރޯކޮށްފިއެވެ. ހުޅުރޯކޮށްފައި ވަނީ އަބަދުވެސް ރޯކުރަމުންދާ ސަރަހައްދުކަމުގައިވާ އިރުމަތި ކޮޅުގެ ހިތްފަސޭހަ އަތިރިމަތީގައެވެ. މިހުޅުގައި ވައިކރަދޫގެ އެންމެހާ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވެފައެވެ. ޢީދުހުޅު ރޯކުރުމުގެ ކުރިން ރަށުތެރޭގައި ހުޅު ހިފައިގެން " މާދެން ޢީދު ކާޅު ތަވީދު" ގޮވަމުން ގެންގޮސްފަވެއެވެ. މިގޮތުން ބޮޑެތި މަގުތަކުގައި ހަރަކާތްތެރިވެފަވެއެވެ. ޢީދު ހުޅުރޯކުރުމާއި ހަމައިން "ޢީދު ބަޑި " ޖެހުންވެސް އޮތެއެވެ. ފިތުރު ޢީދު ވައިކަރަދޫގައި ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ބާއްވާނެ ކަން އިލްހާރު ޖަމިއްޔާއިން ވަނީ އިޢުލާން ކޮށްފައެވެ.

Read more...



ފާޑުނޫހުގެ ފަރާތުން ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ބަރަކާތްތެރި ފިތުރުޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ.......

Read more...

>> Monday, September 29, 2008


 

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހދ.ނޭކުރަންދޫއަށް ވަޑައިގަތުމުން އެރަށުބަޔަކު ނުރުހުންފާޅު ކޮށްފި

 


ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް އިއްޔެގެ ވަގުތެއްގައި ހދ. ނޭކުރަންދޫއަށް ވަޑައިގަތުމުން އެރަށުބަޔަކު ނުރުހުންފާޅުކޮށްފިއެވެ. ރަށުގެ ބަނދަރުމަތިގައި ޖުމުހޫރީ ޕާޓީއަށް ސަޕޯރޓްކުރާ އަދާލަތު ޕާޓީގެ މެމްބަރުންވެސް ޤާސިމް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ގޮތުން ނުކުމެތިއްބެއެވެ. "އެހެން ނަމަވެސް ހަވީރު 5.15 ށްހާއިރު ކުއްލިއަކާ މަސްރަހު ބަދަލުވި، އެގޮތުން ޤާސިމާއި މެދު ނުރުހުންފާޅުކުރުމުގެ ސުޢޫރު ފާޅުކުރަންފެށި" ކަމަށް ނޭކުރަންދޫ ޒުވާނަކު ފާޑުނޫހަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވިއެވެ. ގިނަބަޔަކު ނުރުހުންފާޅު ކުރަން ފެށުމާއި ގުޅިގެން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބުރާހިމް ނޭކުރަންދޫގައި 15 މިނެޓް މަދުކުރެއްވުމަށް ފަހު ، ހދ.އަތޮޅު ވެރިކަން ކުރާ ކުޅުދުއްފުއްޓަށް އެންމެ ފަހުން ވަޑައިގަތީކަމަށް ނޭކުރަންދޫގައި ހުރި އަޅުގަނޑުމެންގެ މުރާސިލް ހާމަ ކުރެއްވިއެވެ. އިއްޔެގެ ވަގުތެއްގައި ވައިކަރަދޫއަށް ޤާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން އަދާލަތު ގޮފިން ހާމަ ކޮށްފައިވާތީވެ ރަށުތެރެއިން ކުޑަކުދިންނާއި އަދާލަތުގެ މެމްބަރުން ބަނދަރު މައްޗަށް ނުކުމެފައިވެއެވެ.

Read more...


 

ވައިކަރަދޫގައި ވޯޓްގެ ކަންތައްތައް ބަލަހައްޓާ ބިއުރޯ އުފައްދައިފި

 


ވައިކަރަދޫގައި ވޯޓުލުމުގައި ދިމާވާ މައްސަލަތައްދިރާސާކޮށް، ބެލުމަށްޓަކައި ބިއުރޯއެއް ރޭގެ ވަގުތެއްގައި އުފައްދައިފިއެވެ. މި ބިއުރޯ ހޮވުމަށްޓަކައި ބޭއްވުނު ބައްދަލުވުމަށް ވައިކަރަދޫގައި ހަރަކާތްތެރިވާ ޕާޓީތަކުގައި ނަގާކިޔާ ހަރަކާތްތެރިންނަށް ދައުވަތު އެރުވުނެވެ. މިގޮތުން މި ބައްދަލުވުމުގައި އަދާލަތުގެ ގޮފީގެ ފަރާތުން ބައިވެރިވީ ގޮފީގެ ރައީސް އަލީ އިދުރީހާއި ނައިބު ރައީސް އިބްރާހިމް ސިހާމާއި ގޮފީގެ ސެކްޓަރީ އަހުމަދު ސަރީފެއެވެ. މީގެ އިތުރުން ޑީއާރުޕީގެ ފަރާތުން ބައިވެރިވީ މުހައްމަދު ނަޒީރެވެ. އަމިއްލަ ގޮތުން ރިޔާސީރޭހުގައި ބައިވެރިވާ ކެނޑީޑޭޓް ހަސަން ސައީދަށް ކެންޕޭން ކުރާ އަހުމަދު ހާސިމާއި އަބުދުﷲ ނައީމް ވެސް ބައިވެރި ވިއެވެ. އެމްޑީޕީގެ އެއްވެސް ހަރަކާތްތެރިއަކު މި ބައްދަލުވުމުގައި ބައިވެރި ނުވެއެވެ. ވައިކަރަދޫ ކަތީބު އިބުރާހިމް ވަހީދު އަމިއްލަ ގޮތުން ހަމަ ޖައްސާފައިވާ ކޮންޕްލެންސް ބިއުރޯއަށް ހުށަހަޅާފައިވާ ނަންތައް ބައްދަލުވުމުގައި ބައިވެރިން ނަށް އޮޅުން ފިލުވައި ދެއްވިއެވެ. މި ބިއުރޯއަށް ހުށަހެޅުނު ނަންތަކަކީ އީސަ އިބުރާހިމް ( ޑީއާރުޕީގެ މެމްބަރ) ހުސެން މުހައްމަދު ( ޑީއާރުޕީ މެމްބަރ) ސޭހް އިބުރާހިމް ނަސީރެވެ. އިބުރާހިމް ނަސީރަކީ ކުރިން އަދާލަތު ޕާޓީގައި ހުރެ މިވަގުތު ޕާޓީން ވަކިވެފައިވާ ބޭފުޅެކެވެ. އެވްރެޖްގޮތެއްގައި މި ބިއުރޯ އެކުލަވައި ލައިފައި ވަނީ ޑީއާރުޕީގެ މަސްލަހަތު އޮންނަގޮތަކަށެވެ. އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރި ނުވީ ކީއްވެގެންތޯ އަޅުގަނޑު ސުވާލުކުރުމުން " ތިމަންނައަށް ގުޅި އެހެންނަމަވެސް ދައުވަތު އެރުވި ކޮންހައިސިއްޔަތުން ކަމެއް ނޭނގޭ" އެމްޑީޕީގައި ހަރަކާތްތެރިވާ މެމްބަރ ނާސިދުއަލީ ހާމަކުރެއްވިއެވެ. މި އެކުލަވައި ލެވުނު ބިއުރޯގެ ސަބަބުން ވޯޓްލުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދަތިތަކާއި ދިމާވާނެ ކަމަށް މުރާސިލުން ހާމަކުރައްވައެވެ. މީގެ ކުރިން ބަރުލަމާނި ނިޒާމާއި ރިޔާސި ނިޒާމް ހޮވުމަށް ލެވުނުވޯޓްގައިވެސް ބައެއް ބޭފުޅުން ވަގުތު ހަމަވިފަހުން ކެންޕޭން ކުރެއްވިކަމަށް ސަކުވާ ކުރިނަމަވެސް އެދެވޭ ގޮތަކަށް ނަތީޖާ ނުކުމެފައި ނުވާކަން ފާހަގަ ކުރެވެއެވެ. މިފަހަރު ހަމަޖެއްސި ބޭފުޅުން ކުރިންވެސް ހިމެނިފައިވެއެވެ.

Read more...

ފެށުން

>> Wednesday, September 24, 2008


ޗައިނާގެ ކިޔަވާކުދިން އެދުނީ ޗައިނާގައި އަދުލުވެރި، އިންސާފުވެރި ސަރުކާރުގެ ފައިސާގައި ނުޖެހި އިންސާނީ ހައްގުތަކަށް ލޯބިކުރާ، މަޤާމުގެ ގޮތުން ބާރުހޯދައި ނުފޫޒް ނުހިނގާ، ވެރިންނާއިއެކު ސަރުކާރު ހިންގުމެވެ. ޖާހިލްކަން ދޫކޮށް ތެދުމަގަށް ރުޖޫއަވުމަށެވެ. މިފަދަ މާތް މަޤްސަދެއްގައި ދެމި ތިބުމަށް ޓިއަނަމަން މައިދާނުގައި އެއްވެތިބި ކުދިން އެއްގަމުގެ ސިފައިންގެ 27 ވަނަ ޑިވިސަންގެ ޓޭންކްތަކުގެ ފުރޯޅުދަށުވެ، ވެއްޔާއި މަސްހުނިވެދިޔައޭ ބުނެވިދާނެއެވެ. މުޅިދުނިޔެ އެމަންޒަރުތަކަށް ހެކިދެނިކޮށެވެ. އަހަރަމެން އެއްމެންވެސް ކުރެވުނުހާ ކަމަކީ "ހާދަދެރައޭ" ކިޔަކިޔާތިބުމެވެ. ނަން މަސްހޫރު އެމެރިކާގެ ކުރީގެ ހާރިޖީވަޒީރެއް ކަމުގައިވާ ހެންރީކިސިންޖަރް އެދުވަހު ޓީވީގެ ޒަރީޢާއިން އިލްތިމާސްކުރީ ޗައިނާގެ ވެރިންނާއި މެދު ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ނައްތާލުމަށެވެ. މިއަޑު އަޅުގަނޑު އެހީމެވެ. ހިތުގައި ޖެހި ރޮމުންކަހަލަ ގޮތަކަށެވެ. ކިސިންޖަރް ކޮންމެ ސަބަބަކާއި ލައިގެން ނަމަވެސް އެބުނި އެއްޗަކާއި މެދު އަޅުގަނޑު ނަފްރަތު ކުރީމެވެ. ޗައިނާގެ ލީޑަރ ޑަންގް ސައިޕިންގް ދެކެ ރުޅި އާދެވުނެވެ. އިތުރު ތަފްސީލް. .

Read more...

"ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާ"

މީގެ ހަތަރު އަހަރުގެ ކުރިއެވެ. ޖުމުހޫރީ ޕާރކްގައި ގިނައަދަދެއްގެ ދިވެހިން ، އެއްވެ މިތިބީ ސަރުކާރުން ދެމުންދާ އަނިޔާތަކާއި ކުރަންޖެހޭ ތަހައްމަލުތައް ގިނަކަމުން ސުޢޫރު ފާޅުކުރުމަށްށެވެ. ޤާނޫނު އަސާސީގައި ލިބިދީފައިވާ ހައްޤުގެ ތެރެއިންނެވެ. އެއްވި މީހުންގެ ނިސްބަތަށް ބަލާއިރު ހާހުން ގުނާލެވޭނެއެވެ. ކޮންމެ މީހަކުވެސް ގޮވަމުންދިޔައީ އެމީހަކަށް ދިމާވެފައިވާ ވޭނީ ތަހައްމަލުތަކުގެ ވާހަކައެވެ. އެކި އަޑުން އެކި ދުލުން އިއްވަމުން ދިޔައެވެ. މަޑުމައިތިރިކަމާއި ސުލްހަވެރިކަމާއި އެކުގައެވެ. ބައެއް ކުދިން ގޮވަމުންދިޔައީ ސިޔާސީ ކުއްވެރިން ޖަލުތަކުން މިނިވަން ކުރުމަށެވެ. އަނެއްބަޔަކު ގޮވަމުން ދިޔައީ މިހާރުގެ ރައީސް މައުމޫން މަޤާމުން އިސްތިއުފާ ދިނުމަށެވެ. އެއެްވެ ތިބި މީހުންގެ މޫނުމަތިން ކުލަވަމުންދަނީ މަދަނީ ބަސްނޭހުމުގެ މިނިވަން ކަން ލިބިގެން އުޅޭ ކަމުގެ ކުލަވަރުތަކެވެ. ހެމުންނާއި އުފަލުންނާއި ބައެއް ފަހަރު ރޮމުންވެސް އެމީހެއްގެ ހިޔާލާއި ފިކުރު އިއްވަމުންދިޔައެވެ. އެއީ އުފާވެރިކަމާއި ހިތާމަވެރިކަން އިހުސާސް ކުރެވުނު ދުވަހެކެވެ. އެއީ ކަޅުހުކުރު ކަމަށް ފަހަކަށް އައިސް ނިސްބަތް ކުރާ އޮގަސްޓް ބާރައެވެ. އިތުރު ތަފްސީލް.

Read more...

"އަޅުގަނޑެއް ވުރެ ޤާބިލް ބޭފުޅެއް ނުހުންނާނެ"

މިދައްކަނީ އަޅުގަނޑުގެ ވާހަކައެއް ނޫނެއެވެ. މިދައްކަނީ މޭކަރާލާފައި އަޅުގަނޑެއްވުރެ ޤާބިލްބޭފުޅެއް ނުހުންނާނެކަން ދަންނަވަމުންދާ ޒައީމެއްގެ ވާހަކައެވެ. މިދައްކަނީ ދިވެހި ރައްޔިތުންގެ ހައްޤުތައް ތިރީސް އަހަރު ދުވަސް ވަންދެން އޮބި އަޅައިގެން ހިފެހެއްޓި ރައީސެއްގެ ވާހަކައެވެ. މިދައްކަނީ ހުދުމުހުތާރުކަން ރައްޔިތުންނަށް ދައްކަމުން ހާމަ ކުރަމުން ،ބިރު ދައްކަމުން ހޭވައްޓާލާފައި ކެންޕޭން ކުރަމުންދާ ޑީއާރުޕީގެ ޒައީމުގެ ވާހަކައެވެ. މިދައްކަނީ ޖައްވަށް ފަޒާއަށް ވަޒަން ތައް ފޮނުވާލި ކަމަށް ބުނަމުންދާ މައުމޫންގެ ވާހަކައެވެ. މަކަރާ ހީލަތް ހެދުމުގައި އެންމެ ކުޅަދާނަކަން ހުރީ މިދަންނަވާ މައުމޫނެވެ ރިޔާސީ ގޮތުން ދަންނަވާނަމަ ޒައީމެވެ. ބައެއް ގަމާރުންގެ ލޮބުވެތި ޒައީމެވެ. ފަހަކަސް އައިސް ސިޔާސީ މުފައްކިރުން ހާމަ ކުރައްވާ ގޮތުގައި މައުމޫންގެ ކުޅަދާނަކަމާއި ގޮތް ކުޑަކަން ވަނީ ދިވެހިން ތަހައްމަލު ކޮށްފައެވެ. މިގޮތުން މައުމޫނަކީ ހުދުމުހުތާރު ހަރާކާތް ހިންގުމުގައި ލާމަސީލް ބޭފުޅެކެވެ. އެކަމަށް އަރާހުންނެވި ޤާބިލު ބޭފުޅެކެވެ. " އަޅުގަނޑެއްވުރެ ޤާބިލު ބޭފުޅެއް ނުހުންނާނެ " ކަން ހާމަ ކުރައްވަނީ އެހެންވެގެންނެވެ. ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ޓަކައި ހިތްވަރު ގަދަ ދިވެހިން މަދަނީ ބަސްނޭހުމަކަށް ފައްކާވެ އޮތް ވަގުތުވެސް އަޅުގަނޑު ދުށީމެވެ. އިތުރު ތަފްސީލް.. .

Read more...

ޕެޓިސަނުގައި ސޮއި ކުރީ ކީއްވެ

>> Monday, September 22, 2008


އަޅުގަނޑަކީ މީގެ ކުރިން ކަތީބު ދެވަނަ ފަހަރަށް ގެނައުމަށް ތާއިދުކޮށް ޕެޓިސަނުގައި ސޮއި ކުރި މީހެކީމެއެވެ. އަޅުގަނޑު އެއިރު ސޮއިކުރީ ރަހުމަތްތެރި ކުދިން ކޮޅެއް އެކަމުގައި އުޅުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ބަދަލުގައެވެ. އަދި އެހެންމެ ޒުވާން ކަތީބެއްގެ ހިންގުންތެރިކަން ހަރުދަނާ ވާނެކަމުގެ އުންމީދުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ތިންއަހަރު ފާއިތުވެގެން ދަނީއެވެ. އެކިފަހަރުމަތިން އެކި އިރު ރައްޔިތުންނަށްޓަކައި ކޮށްދެނީ ކޮންކަމެއްތޯ ރަހުމަތްތެރި ކުދިންގާތު އަހައިގެން އޮޅުންފިލުވާ ހަދަމެއެވެ. ކޮންމެ ފަހަރަކުވެސް އެކުދިން ބުނަމުންދަނީ ޒުވާން ކަތީބެއްވިޔަސް ޒުވާނުންގެ އުންމީދު ފެނަށް ހަދައިފިކަމަށެވެ. މުސްކުޅިވެރިންގެ ހިތާ ކުޅެލަމުން އަންހެންވެރިންގެ ނާޒުކު ސިކުނޑިއާއި މަހަކު އެއްފަހަރު ކުޅެލާކަމަށް ހަބަރު ލިބެއެވެ. އެހެން ހަބަރު އިވުމުން އަލުގަނޑު ހީކުރީ ވަރަށް ރަނގަޅަށް ޕްރޮގުރާމް ރާއްވާ ހިންގާކަމަށެވެ. އެހެން ނަމަވެސް ދުވަސްކޮޅެއްގެ ފަހުން އަޑުއިވިގެން ދިޔައީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ހަވާލުވާނެ ފަރާތެއް ނެތްކަމުގެ ހިތާމަވެރި ހަބަރެއެވެ. އިތުރު ތަފްސީލްްް


Read more...

ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަށް.

އެކި ކަން ކަމުގައި ލީޑަރުންގެ ގޮތުގައި މަސްއޫލިއްޔަތު އަދާކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ވަރަށް ގިނައެވެ. އަދި ސަރުތުތައް ގިނައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ މީހުން ދައްކާ ވާހަކަތައް ކަނުލާ އަޑުއެހުމެވެ. ދެވަނަ ކަމަކީ ރުޅި މަޑުކުރުމެއެވެ. ތިންވަނަ ކަމަކީ އިންސާފަށް ލޯބިކުރުމެއެވެ. ތިމާއާއި ބެހޭ ގޮތުން ވާހަކައެއް ފެތުރިގެން ދިޔަ ނަމަވެސް އެކަމާ ގުޅިގެން ރައްދު ދިނުމީ ރަނގަޅު އުސޫލެއް ނޫނެއެވެ. ކޮންމެ ލީޑަރެއްވެސް ވިސްނަންވީ އިސްނަގައިގެން ކަން ކަމުގައި އުޅޭނަމަ ތަފާތު ވާހަކަތައް ފަތުރާނެކަމެއެވެ. ކޮންމެ ވާހަކައެއް ފެތުރިގެން ދާހިނދު ތިންހަމައަށް ގޮސްގެން ހައްލުކުރުމަކީ އެންމެ މޮޅުގޮތެއް ނޫނެއެވެ. މީހަކު ތިމާ ގާތުގައި ވާހަކައެއް ދައްކާ ހިނދު ދައްކާ ވާހަކައަކީ މުޅިން ގޯހެއްކަން ނިންމުމަކީ ރަނގަޅު އުސޫލެއްނޫނެއެވެ. ކަމެއް ގޯސްވީކަން ނިންމަން ޖެހޭނީ ދުރާލާ ހެޔޮވިސްނުން ބޭނުން ކޮށްގެންނެއެވެ. ގުއި ޒުވާބު ކޮށްގެން ބަޔަކު މީހުން ހައްލާގެން ކަމަކާ އެއްބަސް ކުރުމަކީ ރަނގަޅު ގޮތެއްނޫނެއެވެ. މުއައްސަސާއަކުން ކަމެއް ނިންމާ ހިނދު ލީޑަރަކަށް ހުންނަ ބޭފުޅުންނަށް އެކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނުފެންނަ ކަމުގައިވާނަމަ އެކަމަކަށް ކުނި މޫނު ހެދުމީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ނޫނެއެވެ. އެއީ ރަނގަޅު ގޮތެއްނޫނެއެވެ. ތިމާ ހިޔާލާ ތަފާތު ގޮތަކަށް ކަމެއް ނިމުމުން އެކަމާ ނުރުހުން ފާޅުކޮށް އެކަންތައް ކުރިޔަ ނުދީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމީ ލީޑަރުންގެ ގޮތެއްނޫނެއެވެ. ލީޑަރުންގެ ގޮތުގައި ނަގާކިޔާ ބޭފުޅުން ގެ ހިޔާލާ ތަފާތު ވާކަންކަމުގައި ޖަމާއަތުގެ އަޤުލިބިއްޔަތަށް ވިސްނަން ޖެހޭނެއެވެ. އިތުރު ތަފްސީލް.

Read more...

ޕާޓީ ގޮފިތަކުގެ ބޭނުމަކީ ކޮބާ؟

ވައިކަރަދޫގައި އެކި ޕާޓީތަކުގެ ގޮފިތައް އެކުލަވައި ލާފަވެއެވެ. މިގޮތުން އަދާލަތު ޕާޓީގެ ގޮތްޕަކާއި ޑީއާރުޕީ ގެ ގޮތްޕަކާއި އެމްޑީޕީ ގެ ގޮފި ހިމެނެއެވެ. ކޮންމެ ބަޔަކުވެސް ގޮފި ހެދުމުގެ މައިގަނޑު ބޭނުމަކީ ޕާޓީއަށް ކުރިއެރުން ހޯދާދިނުން ކަންނޭނގެއެވެ. އެހެން ނަމަވެސް ރަށްފުށުގައި އުފައްދާފައިވާ ގޮފިތަކުގެ ބޭނުމަކީ އެފަދަ ބޭނުމަކަށް ވެގެން ނުވާނެއެވެ. ރަށްފުށުގައި އުފައްދާފައިވާ ގޮފިތަކުގެ ބޭނުމަކަށް ވާން ޖެހޭނީ ރަށަށް ފައިދާ ހުރި ކަންކަން ޕާޓީގެ ލެވެލުން ކުރުމެއެވެ. ޕާޓީގެ ގޮތްޕެއް ނަމަ ރަށަށް ފައިދާ ކުރާނެ ކަންކަމާމެދު ވަކާލާތު ކޮށްގެން ރައްޔިތުންނަށް މަންފާތަކެއް ވޭތޯ ހިންމަތާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. ގޮފިތަކަކީ ޕާޓީއަށްޓަކައި ސޮއި ހޯދަން ޖެހޭ ބަޔަކަށް ވެގެން ނުވާނެއެވެ. ރަށުގެ އާންމު މަސްލަހަތު ގެއްލިގެން ދާނަމަ އެކަމާ އަޅާ ނުލާ ހުރުމީ ގޮފިތަކު އަސާސަކަށް ވެގެން ނުވާނެއެވެ. ވެރިން ހިޔާނާތްތެރިވެ ރައްޔިތުންގެ މުދަލަށް ހިތަށް އެރި ގޮތެއް ހަދާނަމަ އެކަން ހަރުކަށި ބަހުން ކުއްވެރި ކުރުމުގެ ބަދަލުގައި އެކަމާ ބެހޭގޮތުން އަމަލުން ދެއްކުމީ ގޮފިތަކުގެ މަސްއޫލިއްޔަތަކަށް ވާންޖެހެއެވެ. އަދި އެހެންމެ ރަށުގެ އިޖުތިމާއީ ހާލަތު ގޯސްވެގެން ދާނަމަ އެކަން ހައްލު ކުރުމުގެ ގޮތުން ފިޔަވަޅު އެޅުމީ ގޮފިތަކުގެ ޒިންމާއެކެވެ. އިތުރު ތަފްސީލް .

Read more...

ލާދީނީ ވެރިޔާ މައުމޫން، މުނާފިގު ކަމުގައި ހައްދު ފަހަނައަޅާފައި ހުރި ނުބައިޖައްބާރެއް


ޑީއާރުޕީގެ ޒައީމް އަދި މި ރާއްޖޭން އިސްލާމްދީން ނައްތާލާ، ލާދީނީ އޮޔެވަރު ފަތުރަން މަސައްކަތްކުރި ނުބައި ޖައްބާރުވެރިޔާ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމު އިންތިހާބުގައި ފޭލިވެދާނެކަން ޔަޤީންވެ، ކިޔޭނުކިޔޭއެއް ނޭނގި މިހާރު މިކިޔަނީ ކޮން ލަވައެއްތޯ ބަލާލަން އެބަޖެހެއެވެ. މައްޗަންގޮޅީ ރައްޔުންނާއި ބައްދަލުކުރައްވުމަސް މިދިޔަ ބުރާސްފަތިދުވަހު އަހްމަދިއްޔާ ސުކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ޑީއާޕީގެ ރިޔާސީ ކެނޑިޑޭޓް މައުމޫނުއަބްދުލްޤައްޔޫން ވިދާޅުވީ މި ފަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބެއް ނޫންކަމަށެވެ. މައުމޫނު ވިދާޅުވީ މިފަހަރު ބާއްވާ އިންތިހާބަކީ ރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިންތިހާބެއްކަމަށެވެ.
ވޯޓް ލުމުގެ ކުރިން ވިސްނަވާށެވެ. މައުމޫނަކީ ލާދީނީ އޮޔެވަރު ފެތުރުމުގެ ފުރުޞަތު ހުޅުވައިދިނުމުގެ ބައްޕައެވެ. މަސްތުވާތަކެތީގެ ބައްޕައެވެ. ޒިނޭ އާންމުކޮށް ފާހިސް ޢަމަލުތައް ފެތުރުމަށް މަސާޖްޕާލާތައް ހުޅުވައިދިނުމަށް މަގުކޮށްޑަވައިދިން ބައްޕައެވެ. ދިވެހިންނަށް އަނިޔާވެރިވި ބައްޕައެވެ. ގައުމުގެ ބަފާކަމަށް ދައުވާ ކުރާ މި ޖައްބާރު މައުމޫނަށް ރާއްޖޭގެ ވެރިކްނަ ލިބިއްޖެނަމަ ، ދެންވެސް މިގަމުދާނީ ދީނާދުރައް، ފަސާދަވަމުން ހަލާކުވަމުންނެވެ. ފާއިތުވި 30 އަހަރު ތެރޭ ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުކޮށް، ފުނޑުފުޑުކުރި ގޮތަށް، ކުރިއަށް އޮތް ފަސް އަހަރުތެރޭ އެކަން ކުރުމަށް ދެން މައުމޫނަށް ފުރުޞަތު ނުދެއްވާށެވެ އިތުރު ތަފްސީލް .

Read more...

މުޖުތަމައުގެ މަސްލަހަތު ވަރަށް މުހިންމެވެ.

މީހަކަށް ޖެއްސުން ކުރުމުގެ ގޮތުން މީހެއްގެ މުދަލަށް ގެއްލުން ދިނުމާއި ޖާނާއި މާލަށް ގެއްލުން ދިނުމަކީ މިއަދު މި މުޖުތަމައުގައި ހިނގަމުންދާ ހަޑި މުޑުދާރު އަމަލެކެވެ. ފަރުދުންގެ އަމިއްލަ މިލިކިއްޔާތަށް ގޯނާކޮށް ގެއްލުން ދޭނަމަ އެކަމަކީ ހަމަ އެކަނި އެމީހަކަށް ގެއްލުން ވާ ކަމެއް ނޫނެއެވެ. އެކަމަކީ މުޅި މުޖުތަމައު އަށް ގެއްލުން ވާފަދަ ކަމެކެވެ. މުޖުތަމައުއެއް ކުރިއަށް ދާނީ ތަނުގެ އާންމު މަސްލަހަތު ޤާއިމު ކުރެވިގެން ނެއެވެ. މަސްލަހަތު ޤާއިމު ކުރުމުގައި ވެރިންނާއި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެއެވެ. ވެރިއެއް ނަމަ އާންމު މަސްލަހަތު ގެއްލިދާނެ ކަން ކަމުގައި ފަރުދުން ހޭލުންތެރި ކުރުމަކީ ވެރިންގެ ޒިންމާއެކެވެ. ރައްޔިތުން ހިންގާ އެކި އެކި މަސްރޫޢު ތަކަށް ލިބޭ ގެއްލުންތަކުގައި އެހީތެރިކަން ފޯރު ކޮށްދެން ޖެހޭނެއެވެ. މިއީ ރައްޔިތުންގެ ހައްޤުގައި ކުރަން ޖެހޭނެ ކަމެކެވެ. މިކަމަކި ތިމާ ކުރަން ނުވާ ކަމެކޭ ހިތާ ދުރުދުރުން އުޅުމަކީ މުޖުތަމަޢުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ މައިގަނޑު ސަބަބެއެވެ. ފަހުގެ ތާރީހުތަކަށް ބަލާއިރު ތަފާތު މައްސަލަތައް ފެން މަތިވެފަވެއެވެ. މީގެ ތެރެއިން ވަށްކަމުގެ ބާވަތާއި މުދަލަށް ގެއްލުން ދިނުމާއި ، ސިޔާސީ މައްސަލަތަކާއި ދީނީ ހަމަ ނުޖެހުންތައް ފަހަކަށް އައިސް ރައްޔިތުންގެ ސަމާލުކަމަށް އައިސްފަވެއެވެ. މީގެ ތެރެއިން ބައެއްކަހަލަ މައްސަލަތަކަކީ ބައެއްގެ ނުފޫޒުން ކޮށްފައިވާ ހަޑި މުޑުދާރު އަމަލުތަކެކެވެ. މިހެން ވުމުގެ ސަބަބުން މައްސަލައިގެ ބާވަތުން ތަހުޤީޤީ މަރުހަލާގައި ކުރި އެރުން އައުމުގެ ބަދަލުގައި ގެއްލުންތަކާ ކުރިމަތި ލާން ޖެހެއެވެ.

އިތުރު ތަފްސީލްް

.

Read more...

ފަންސާސް ހާސްރުފިޔާ އިން ކަމެއް ނުކުރަނީ ކީއްވެ؟



މިދިޔަ އަހަރުގެ އެޕްރީލްމަހު ހދ އަތޮޅުކޮމެޓީގެ ފަރާތުން 50000 ( ފަންސާސް ހާސް ) ރުފިޔާ ވަނީ ހަދިޔާއެއްގެ ގޮތުގައި ދެއްވާފައެވެ. އެހެންނަމަވެސް ވަކި ސަރުތުތަކާއި ލައިގެންނެއެވެ. އެސަރުތަކީ އެފައިސާ އެއް އަހަރުތެރޭގައި ބޭނުން ކުރުމެއެވެ. އަދި އެހެންމެ ހަރަދު ކުރަންޖެހޭ އުސޫލެއްވެސް ކަނޑައަޅާފައި ވެއެވެ. މިގޮތުން ކަނޑައަޅަފައިވާ އުސޫލަކީ އިޖްތިމާއީގޮތުންނާއި ތަރައްޤީގެ ގޮތުން ހިންގާ މަސްރޫޢުތަކަށް ފައިސާ ހަރަދު ކުރުމެއެވެ. ފައިސާ ދެއްވި އުސޫލުތަކައި ބޭނުންތައް ވަރަށް ރަނގަޅެއެވެ. އެހެން ނަމަވެސް މިހާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރުވެސް އެފައިސާ އެކި ކަންކަމަށް ހަރަދު ނުކުރަނީ ކީއްވެގެންތޯއެވެ. ނިކަން ބައްލާވާށެވެ. މިދަންނަވާ ފައިސާ ލިބުނުފަހުން ކުނި އަޅާ ސަރަހައްދެއް ވަނީ ހަދާފައެއެވެ. މި ސަރަހައްދަށް ކޮށްފައި އޮތީ ކޮން ހަރަދެއްތޯއެވެ. އެންމެ ކުޑަވެގެން ތަން ނޮޅާ ސާފުކޮށްފައިވަނީ ވެސް އެހެން ބަޔެކެވެ. މިތަނަށް ހަރަދު ކޮށްގެން ގޮނޑެއް ހަދާދިނުމަށް ވެރިން ކިބައިގައި ހިޔާލު ހުންނަނަމަ މިއަދު ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތި ވެގެން ނުދާނެއެވެ

އިތުރު ތަފްސީލް ް

.

Read more...

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP