ތުއްކޮއިބޭ ފުޓްސަލް ޗެލެންޖް 2009

މީހުން ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދޭ މައްސަލަތައް ގިނަވަނީ

>> Monday, September 22, 2008


މިހާރަކަށް އައިސް ދުވަހު މުސާރައަށްށާއި މަހު މުސާރައަށް މަސައްކަތް ކުރައްވާ ފަރާތް ތަކަށް މުސާރަ ނުލިބުމުގެ މައްސަލައަކީ، ސިޔާސީ ފެންޑާތަކުންނާއި އެކި އެކި މާލަމް ތަކުގައި، އެންމެ ގަދައަށް ދެކެމުންދާ އެއްވާހަކައެވެ. އެއީ މުޅިއެކުން ގޯސް ވާހަކަތަކެއް ނޫނެއެވެ. ދެކެވޭ ވާހަކަ ތަކަށް ބަލާއިރު މަސައްކަތް ހަވާލު ކުރައްވާ ފަރާތް ތަކުން ހަވާލު ކުރެވޭ މަސައްކަތް ބަރާބަރަށް ދުވަހަށް ނިންމައެެވެ. އެހެން ނަމަވެސް މަސައްކަތް ނިންމާ ދުވަހުން ފެށިގެން މަހެއްހާ ދުވަސް ފާއިތުވެގެން ދާއިރުވެސް ފައިސާ ކޮޅު ނުލިބި ލަސްވެގެން ދިއުމީ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން އެތައް އާއިލާތަކަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ގޭ ތެރޭގައި ކުރަން ޖެހޭ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދަން އުދަގޫވުން މިކަމުގައި ހިމެނެއެވެ. ގިނަ ފަހަރަށް މަސައްކަތް ހަވާލު ކޮށްފައިވަނީ ތަކެތި ހަމަކުރުމަށްފަހު މަސައްކަތް ކުރައްވާ ފަރާތް ތަކަށް ދޭން ޖެހޭ ފައިސާ ކޮޅު ހަމަ ނުކޮށެވެ. މަސައްކަތް ނިންމާފައި ލިބެން ޖެހޭ ފައިސާ ކޮޅާ ބެހޭގޮތުން ސުވާލު ކޮށްލުމުން ދެއްވާ ޖަވާބަކީ " ފައިސާ ކޮޅު ލިބުމުގައި ދުވަސް ކޮޅެއް ނަގާނެ" މިހެންނެއެވެ.

އިރުތު ތަފްސީލް.

.

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP