ތުއްކޮއިބޭ ފުޓްސަލް ޗެލެންޖް 2009

>> Monday, October 6, 2008

ވައިކަރަދޫގައި ހުރި އެމްޑީޕީ އޮފީހަށްށާއި ކުރެހުންތަކަށް ރޭގެ ވަގުތެއްގައި ކަޅުތެޔޮ ޖަހައިފި


 

ރޭގެ ދަންވަރުގެ ވަގުތެއްގައި ވައިކަރަދޫގައި ހުރި އެމްޑީޕީ އޮފީހަށްށާއި އެމްޑީޕީގެ ކުރެހުންތަކަށް ކަޅުތެޔޮ ޖަހައިފިއެވެ. ރަށުތެރޭގައި ކުރަހާފައިވާ ކުރެހުންތައް ފިޔަވާ ބަނދަރުމަތީގައި ދަމާފައިވާ ބެނާތައް ވެސް ވަނީ ވީދާ ހަލާކު ކޮށްފައެވެ. ވޯޓްލުމަށް އެންމެ ދުވަހަކަށް ވީ ހިނދު ރޭގައިވަނީ އެމްޑީޕީގެ ވައިކަރަދޫ ގޮފި ކަމުގައިވާ " ތިލަދުންމަތީ އަޑު" ގެ ހާއްސަ ޖަލްސާއެއް ވައިކަރަދޫ ރަސްމީ ބޯޅަދަނޑުގައި ބާއްވާފައެވެ. މި ޖަލްސާގައިވަނީ ޖުމުހޫރީ ޕާޓީއަށްށާއި، އަދާލަތު ޕާޓީއަށްށާއި ޑީއާރުޕީ އަށް ފާޑުކިޔާފައެވެ. ވޯޓްލުމަށް ކުޑަތަން ވެފައި އޮތް އިރު އަދާލަތު ޕާޓީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި ދެމެދުވަނީ ހޫނުބަހުސް ތަކެއް ކޮށްފައެވެ. ރޭގައި ހިނގާދިޔަ ހާދިސާ ހިންގި ބަޔަކީ ވަކި މިވެނި ބައެކޭ ބުނެވޭ ވަރަކަށް ހެކި ލިބިފައި ނުވާކަން ރަށުތެރެއިން ހަބަރު ލިބެއެވެ. ވޯޓް ލުމުގައި ދިމާވެދާނެ މައްސަލަތައް ބެލުމަށްޓަކައި ވައިކަރަދޫގައި 6 ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ.

Read more...

އަންނިއަށް ފޮނުވި މެސެޖްގެ ޖަވާބު ނުފޮނުވުމުން މައުމޫން ނުރުހުންފާޅުކޮށްފި.


 

ޑީއާރުޕީގެ ރިޔާސީ ކެނޑިޑޭޓް މައުމޫން އަބްދުލްގައްޔޫމް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަސީދު( އަންނި) އަށް ފޮނުވި މެސެޖްގެ ޖަވާބު އަންނި ނުފޮނުވުމުން އެކަމާ މައުމޫން ނުރުހުންފާޅުކޮށްފިއެވެ. އަންނިއަށް މައުމޫން މެސެޖް ފޮނުވާފައިވަނީ ދާދިފަހުން ސްޕްރީން ކޯޓްގައި އަންނިއާއި ދެކޮޅަށް މޫސާ އަންވަރު ހުށަހަޅާފައިވާ މައްސަލަ އަންނި ކޮޅަށް ނިމިފައިވާތީވެ އެކަމާ މަރުހަބާ ދެންނެވުމުގެ ގޮތުންކަމަށް ރޭ ހެދި ގޮނޑުދޮށުގައި ބޭއްވުނު ޑީއާރުޕީގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވިއެވެ. މެސެޖްގެ ވާހަކަ ދެއްކުމުގެ މައިގަނޑު ބޭނުމަކީ މައުމޫނަކީ ހުރިހާ ކެނޑިޑޭޓުންނާއި ގުޅުންއޮންނަ މީހެއްގެ ގޮތުގައި ދެއްކުމުގެ މިސާލެއްގެ ގޮތުގައެވެ. މިގޮތުން މައުމޫން ވިދާޅުވީ އަންނި އަށް ފޮނުވި މެސެޖްގެ ޖަވާބު ނުފޮނުވުމުން ވަރަށް ހިތާމަ ކުރާ ކަމަށެވެ. އަދި އެކަކު އަނެކަކާއި މެދު އެކުވެރިކަން އޮންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ. "ތިމަންނައަށް މެސެޖެއް އަތުވެއްޖެ ނަމަ އަވަހަށްޖަވާބު ދެވޭތޯ ބަލަން" އިތުރަށް މެސަޖާއި ބެހޭގޮތުން ނުރުހުންވެ ހުރެ މައުމޫން ވިދާޅުވިއެވެ. އެހާ އަވަދިނެތި މައުމޫން އުޅުއްވާއިރުވެސް ބޭރުޤައުމުތަކަށް، މެސެޖް ފޮނުވާ ތައުޒިޔާތައް ފޮނުވާ ދައުވަތު ކާރޑްތައް ވެސް ފޮނުވާ ހައްދަވާއިރު ، އެދަންނަވާހެން އަންނިވެސް މެސެޖަށް ޖަވާބު ދެވޭތޯ ބެލުމީ އަޅުގަނޑު އެދޭ ވަރަށް ބޮޑުއެދުމެކެވެ. އެހެން ނޫނިއްޔާ އެފަކީރުގެ ހާލު ގޯސް ވެދާނެއެވެ. ހަހަހަހަހަހަހާ

Read more...

>> Sunday, October 5, 2008

އާއުސްމިންތަކަށް ކެންޕޭން ކުރައްވާ ފަރާތައް ޑީވީޑީ ޕްލޭއަރެއް ހަދިޔާ ކޮށްފި.....

އިއްޔެގެ ވަގުތެއްގައި ޑީއާރުޕީގެ ކެންޕޭން ވަފުދެއް ވަޑައިގަތުމަށްފަހު ވައިކަރަދޫގައި އާއުސްމިންތަކަށް ކެންޕޭން ކުރައްވާ ފަރާތަށް ފިލްޕިސް ބްރޭންޑްގެ ޑީވީޑީ ޕްލޭއަރެއް ހަދިޔާ ކޮށްފިއެވެ. ކުރިއަށް އޮތް ރިޔާސީ ރޭހުގައި ކެންޕޭން ކުރުމުގެ ގޮތުން ޑީއާރުޕީގެ ފަރާތުން ކެންޕޭން ކުރައްވާ ފަރާތަކުން ވަނީ ވައިކަރަދޫ ބަނދަރު ސަރަހައްދުގައި 8 ފޫޓް 4 ފޫޓް ގެ ޑީއާރުޕީގެ ޒައީމްގެ ފޮޓޯފުޅެއް ބަހައްޓާފައެވެ. މީގެ އިތުރުން އާއުސްމިންތަކަށް ބުނަމުންދާ ޕޯސްޓަރުތައް ވައިކަރަދޫގެ ތަފާތު ސަރަހައްދުތަކުގައި ހިއްޕާފައެވެ. މިކަމުގެ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިއްޔެ ވައިކަރަދޫއަށް ޒިޔާރަތް ކުރެއްވި ޓީމުގައި އުވާލެވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހދ. އަތޮޅުގެ މެމްބަރ އަބްދުﷲ ނަސީރުގެ އިތުރުން ، ވަރަށް ފަހުން ހދ. އަތޮޅުވެރިޔާއަށް އައްޔަން ކުރެއްވި ބޭފުޅާގެ އިތުރުން އަބްދުލްރަސީދު ހުސެން ވެސް ޓީމުގައި ހިމެނެއެވެ. މިހާތަނަށް ޑީއާރުޕީއަށް ނިސްބަތްވާ އަދި ހެޔޮއެދޭ ފަރާތަކުން އާއުސްމިންތަކަށް ކެންޕޭން ކުރައްވާ ފަރާތަށް ދަތިވެލައްވަނީ ޑީވީޑީ ޕްލޭއަރެއްގެ ދަތިކަން އިނގުމުން މިކަން ވަނީ ހައްލު ކޮށްދީފައެވެ. ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި ޑީވީޑީ ޕްލޭއަރ ބޭނުން ކޮށްގެން ކެމްޕޭން ކުރެއްވުމަކީ އެކަށީގެން ވާކަމެކެވެ. ވައިކަރަދޫގައި ހަރަކާތްތެރިވާ ތިން ޕާޓީއަށް ބަލާއިރު ޑީއާރުޕީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކުގެ ގޮފިތައް ހިންގާ އޮފީސްވަނީ ހަދާފައެވެ.

Read more...

>> Thursday, October 2, 2008

ވައިކަރަދޫ އަދާލަތު ގޮފިން ލަވަ ސީޑީ ތަކެއް ބަހައިފި


 

ފިތުރު ޢީދުގެ ނަމާދަށް ފަހު ގާތްގަނޑަކަށް ދިހައެއް ޖަހާއިރު ވައިކަރަދޫގެ ބައެއް ގޭގެއަށް ވައިކަރަދޫ އަދާލަތު ގޮފިން ލަވަ ސީޑީ ތަކެއް ބަހައިފިއެވެ. މިލަވަ ސީޑީ ބަހާފައިވަނީ ވައިކަރަދޫ އަދާލަތު ގޮފީގެ ހިންގާ ކޮމެޓީގެ މެމްބަރުންނެވެ. ޖުމުހޫރީ ގުޅުމުގެ މެނިފެސްޓޯއާއި އަދި މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ސޮއި ކޮށްފައިވާ އިލްތިމާސެއްވެސް ވަނީ ބަހާފައެވެ. އަދާލަތު ގޮފިން ބަހާފައިވާ ލަވަސީޑީއަކީ ހަލަވައިގެ މައްޗަށް އެކުލެވޭ ޖުމުހޫރީ ގުޅުމުގެ ލަވަ ސީޑީއެކެވެ. އަދާލަތު ޕާޓީއަކީ އިސްލާމް ދީން ކުރިއެރުމަށްޓަކައި އުފެއްދި ޕާޓީއެއް ކަމަށް ހާމަ ކުރަމުންދާއިރު ، އަދާލަތުގެ ގޮތްޕަކުން ލަވަ ސީޑީ ބަހަމުން ދިއުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. ވައިކަރަދޫގެ ބައެއް ބޭފުޅުން ހާމަ ކުރައްވަނީ އަދާލަތު ޕާޓީން ތާއަބަދު އިސްލާމް ދީނުގެ ހަމަތަކާއި ހުކުމްތައް އިއްވަމުން ދާއިރު ލަވަ ސީޑީތައް އަދާލަތު މަސްލަހަތު އޮންނަ ގޮތްޕަކުން އެފަދަ އަމަލެއް ކުރުމުން ދޭހަވަނީ ދައްކަވާ ވާހަކަތަކާއި އަމަލު ދިމާ ނުވާކަމަށެވެ.

Read more...

އިލްހާރު ޖަމިއްޔާގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ފިތުރު ޢީދު ފާހަގަ ކުރުމުގެ ގޮތުންއިލްހާރު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ޕްރޮގުރާމް ތަކުގެ ތެރެއިން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ކުޑަކުދިން ގެ ހަވީރުގައި ކުޑަކުދިންނާއި ގުޅުންހުރި އެތަކެއް ހަރަކާތް ތަކެއް ވަނީ ހިންގާފައެވެ. ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ވައިކަރަދޫ ބަނދަރު ސަރައްދުގައެވެ. މި ހަވީރުގެ ކުޅިވަރުތަކުގައި ވައިކަރަދޫގެ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އިލްހާރު ޖަމިއްޔާއިން މައުލޫމާތު ދެއްވި ގޮތުގައި ފިތުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން އޮޕްޓިކަލް ރޭސްތަކާއި ، ހޭވައްލާ ތައްޔާރު ކިޔާ ފޯރި ގަދަ ކުޅިވަރުތަކައި ވީރު ފަދަ ކުޅިވަރުތައް ބޭއްވުމަށް ރާއްވާފަވެއެވެ. މީގެ އިތުރުން އީދު ފުރަތަމަ ދުވަހުގެ ހަވީރުވަނީ އިލްހާރުގެ ފަރާތުން ނޭކުރަންދޫ ޒުވާނުންނާއި ވައިކަރަދޫން ހޮވާލެވުނު ޓީމާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ބާއްވާފައެވެ. މިމެޗް ވަނީ ތިން ލަނޑުން ދެލަނޑުން ނޭކުރަންދޫގެ ޓީމް ކާމިޔާބު ކޮށްފައެވެ.

Read more...

ޤާސިމް އިބްރާހިމް ވައިކަރަދޫއަށް ޒިޔާރަތް ކޮށްފި

ޖުމުހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ވައިކަރަދޫއަށް ޒިޔާރަތް ކޮށްފިއެވެ. މި ޒިޔާރަތުގައި ޖުމުހޫރީ ގުޅުމުގެ އިސްވެރިން ބައިވެރި ލެއްވިއެވެ. ވައިކަރަދޫ ބަނދަރު ސަރައްހައްދުގައި ޤާސިމް އިބްރާހިމް ވަނީ ރައްޔިތުންނާއި މުހާތަބު ކޮށް ވާހަކަ ދައްކަވާފައެވެ. މިގޮތުން ބަދަލަކަށް ވޯޓް ލައްވާ ނަމަ ޤާސިމަށް ވޯޓްލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޖުމުހޫރީ ޕާޓީގެ އެއްވެސް މެމްބަރެއް ނެތް ވައިކަރަދޫއަށް ޤާސިމް ކުރެއްވި މި ދަތުރުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވައިކަރަދޫގައި ހަރަކާތްތެރިވާ އަދާލަތުގެ މެމްބަރުން ސަލާމް ކުރެއްވިއެވެ. ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ ސޭޙް އިމްރާން ވިދާޅުވީ އޫރުމަހާއި ބަނގުރާ އެތެރެ ނުކުރުމަށް ޖުމުހޫރީ ޕާޓީއާއި އެކު އެގްރިމެންޓެއް ހަދާފައި އަދި އެއްބަސް ވުމެއް ހަދާފައި ނުވާނެ ކަމަށް ށާއި ، މިވަގުތަކީ އެގްރިމެންޓް ހަދަން ޖެހޭ ވަގުތު ނޫން ކަމަށްށާއި މިވަގުތު ބޭނުމީ މައުމޫންގެ ސަރުކާރު ބަދަލު ކޮށްލުމަށް ކަމަށް ހާމަ ކުރެއްވިއެވެ. އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތި ޤާސިމް އިބްރާހިމް ވައިކަރަދޫން ފުރާ ވަޑައިގަތީ ތިނެއް ޖަހާއިރުއެވެ.

Read more...

>> Tuesday, September 30, 2008

ވައިކަރަދޫގައި ޢީދުހުޅު ރޯކޮށްފި


 

 

ވައިކަރަދޫގެ ފަހުގެ ސަޤާފަތުގައި ހިމެނޭ ޢީދުހުޅު ރޭގެ ވަގުތެއްގައި ރޯކޮށްފިއެވެ. ހުޅުރޯކޮށްފައި ވަނީ އަބަދުވެސް ރޯކުރަމުންދާ ސަރަހައްދުކަމުގައިވާ އިރުމަތި ކޮޅުގެ ހިތްފަސޭހަ އަތިރިމަތީގައެވެ. މިހުޅުގައި ވައިކރަދޫގެ އެންމެހާ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވެފައެވެ. ޢީދުހުޅު ރޯކުރުމުގެ ކުރިން ރަށުތެރޭގައި ހުޅު ހިފައިގެން " މާދެން ޢީދު ކާޅު ތަވީދު" ގޮވަމުން ގެންގޮސްފަވެއެވެ. މިގޮތުން ބޮޑެތި މަގުތަކުގައި ހަރަކާތްތެރިވެފަވެއެވެ. ޢީދު ހުޅުރޯކުރުމާއި ހަމައިން "ޢީދު ބަޑި " ޖެހުންވެސް އޮތެއެވެ. ފިތުރު ޢީދު ވައިކަރަދޫގައި ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ބާއްވާނެ ކަން އިލްހާރު ޖަމިއްޔާއިން ވަނީ އިޢުލާން ކޮށްފައެވެ.

Read more...

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP