>> Thursday, October 2, 2008
ޤާސިމް އިބްރާހިމް ވައިކަރަދޫއަށް ޒިޔާރަތް ކޮށްފި
ޖުމުހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ވައިކަރަދޫއަށް ޒިޔާރަތް ކޮށްފިއެވެ. މި ޒިޔާރަތުގައި ޖުމުހޫރީ ގުޅުމުގެ އިސްވެރިން ބައިވެރި ލެއްވިއެވެ. ވައިކަރަދޫ ބަނދަރު ސަރައްހައްދުގައި ޤާސިމް އިބްރާހިމް ވަނީ ރައްޔިތުންނާއި މުހާތަބު ކޮށް ވާހަކަ ދައްކަވާފައެވެ. މިގޮތުން ބަދަލަކަށް ވޯޓް ލައްވާ ނަމަ ޤާސިމަށް ވޯޓްލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޖުމުހޫރީ ޕާޓީގެ އެއްވެސް މެމްބަރެއް ނެތް ވައިކަރަދޫއަށް ޤާސިމް ކުރެއްވި މި ދަތުރުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވައިކަރަދޫގައި ހަރަކާތްތެރިވާ އަދާލަތުގެ މެމްބަރުން ސަލާމް ކުރެއްވިއެވެ. ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ ސޭޙް އިމްރާން ވިދާޅުވީ އޫރުމަހާއި ބަނގުރާ އެތެރެ ނުކުރުމަށް ޖުމުހޫރީ ޕާޓީއާއި އެކު އެގްރިމެންޓެއް ހަދާފައި އަދި އެއްބަސް ވުމެއް ހަދާފައި ނުވާނެ ކަމަށް ށާއި ، މިވަގުތަކީ އެގްރިމެންޓް ހަދަން ޖެހޭ ވަގުތު ނޫން ކަމަށްށާއި މިވަގުތު ބޭނުމީ މައުމޫންގެ ސަރުކާރު ބަދަލު ކޮށްލުމަށް ކަމަށް ހާމަ ކުރެއްވިއެވެ. އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތި ޤާސިމް އިބްރާހިމް ވައިކަރަދޫން ފުރާ ވަޑައިގަތީ ތިނެއް ޖަހާއިރުއެވެ.
0 comments:
Post a Comment